މަސައްކަތް
ނަންބަރު: GS135/IUL/2019/23
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 09 ޑިސެންބަރު 2019 11:00
ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
2020 ވަނަ އަހަރަށް ސްކޫލު ހުޅުވެންވާއިރަށް ކުރަންޖެހޭ ބައެއް މަރާމާތުތައް ކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

2020 ވަނަ އަހަރަށް ސްކޫލު ހުޅުވެންވާއިރަށް ކުރަންޖެހޭ ބައެއް މަރާމާތުތައް ކުރުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މިސްކޫލުގެ ތިރީގައި މިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މި ޕްރޮޖެކްޓަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ ޝަރުތުތައް ބީލަންފޮތުގައި ވާނެއެވެ.

  • ސްކޫލް ހޯލްގެ ސީލިންގް މަރާމާތުކުރުން
  • ގުރޭޑް 9 ގެ ކުލާސްރޫމްގެ ދެފަރާތުގެ ދިޔަދޮވި ބަދަލުކުރުން

 

   -    މިޕްރޮޖެކްޓަށް ބީލަން ހުށައަޅުއްވަން އެދޭ ފަރާތްތަކުން، 2019 ނޮވެމްބަރ 25 ން 2019 ޑިސެމްބަރ 1 ށް  ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާފަރާތްތަކަށެވެ.

-        މިޕްރޮޖެކްޓާއި ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2 ޑިސެމްބަރު 2019 ވާ ހޯމަ ދުވަހު 11:00 ގައި މިސްކޫލުގައެވެ.

-        މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019ޑިސެމްބަރު 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

-        ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 9 ވަނަ ދުވަހުގެ 11:00 ގައި  މިސްކޫލުގައެވެ.

-        މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

-        ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބ.މާޅޮހު ސްކޫލް

ބ.މާޅޮސް / ދިވެހިރާއްޖެ

ފޯން:  6600020   

އީ-މެއިލް: [email protected]

25 ނޮވެންބަރު 2019