ޢާންމު މަޢުލޫމާތު
ނަންބަރު: GS145/HR/IUL/2019/038
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 03 ޑިސެންބަރު 2019 00:00
ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން

 

 

 

 

 

 

 

ތާރީޚް: 25 ނޮވެމްބަރ 2019                                 ނަންބަރ:GS145/IUL/2019/038

 

އިޢުލާން

މިސްކޫލުގެ ނަންބަރ:GS145/IUL/2019/035 އިޢުލާނަށް އެކަށީގެންވާ ވަރަށް އިޖާބަދީފައިނުވާތީވެ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

 

2020 ވަނަ އަހަރު މި ސުކޫލްގެ  އިމާރާތްތަކުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ.

 

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

        ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ތާރީޚް

އަންދާސީ ހިސާބު ހުށަހަޅަންހަމަޖެހިފައިވާ ތާރީޚް

28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަސް

ގަޑި 10:00

03 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަސް

ގަޑި 11:00

 

މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

ވީމާ. މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6640574 އާއި ގުޅުއްވުން އެދެމެވެ.

            

28 ރަބީޢުލްއައްވަލް 1441   

           25   ނޮވެމްބަރ  2019

25 ނޮވެންބަރު 2019