ދިވެހިރާއްޖެ
އިޢުލާން
ކަރަންޓް ކޭބަލް ވަޅުލުމަށް ބިންކޮނުމާބެހޭ
މި އިދާރާގެ ނަމްބަރ: IUL393/393/2019/46 އިޢުލާނާ ގުޅިގެން ބިން ކޮނެދޭން އަގު ހުށަހަޅާފައިވާ އަގަކީ އެކަށީގެންވާ އަގަކަށްވުރެ ބޮޑު އަގެއްކަމަށް މިއިދާރާއަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ރަށުގެ މަގުބައްތީގެ ކޭބަލް ވިޔުގަ ރަގަޅު ކުރުމަށްޓަކައި އަލަށް ކޭބަލް އެޅުމަށް '2 ށް ( ދެފޫޓް ) ފުންކޮށް މިއިދާރާއިން ދައްކާ ދިގު މިނަކަށް ބިންކޮނެ މިއިދާރާއިން ކޭބަލް ދިނުމުން ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
- މަޢުލޫމާތު ސާފުކޮށްދިނުން 02 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހު 10:00 ށް މި އިދާރާގައި.
- އަންދާސީ ހިސާބު ހުށަހެޅުއްވުން 05 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި މި އިދާރާ ގައެވެ.
މި މަސައްކަތް ކޮށްދެއްވުމަށް އެދި ހުށަހަޅުއްވާ އަންދާސީ ހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި " ބިންކޮނެ ކޭބަލް އަޅައި ދިނުމުގެ އަގު ހުށަހެޅުން '' މިހެން ލިޔުއްވާފައި އޮންނަންވާނެއެވެ. މީގެ އިތުރުން އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި ނަމާއި އެޑްރެހާއި ފޯނު ނަންބަރ ލިޔެފައިވެސް އޮންނަން ވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައިވާ ގަޑީގައި މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އޮތް ތާރީހާއި ގަޑީގައި އަންދާސީ ހިސާބު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
27 ރަބީޢުލްއައްވަލް 1441
24 ނޮވެމްބަރ 2019