ދިވެހިރާއްޖެ
ހަނިމާދޫ ސްކޫލް
ހދ. ހަނިމާދޫ، ދިވެހިރާއްޖެ
ނަންބަރ: GS60(B)/2019/055
އިޢުލާނު
2020 ވަނަ އަހަރު ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
2020 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން މި ސްކޫލުން ކުރި ނަންބަރު GS60(B)/2019/050 (07 ނޮވެންބަރު 2019) ގެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތައް އަގު ބޮޑުކަމަށް ފެންނާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. މި އިޢުލާނަކީ މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނެފަރާތެއް ހޯދުމަށް ކުރެވޭ 4 ވަނަ އިޢުލާނެވެ. ވީމާ، މިކަމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކޮށް، އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.
| ތަފްޞީލް | ތާރީޚް | ގަޑި | ތަން | 
| މަޢުލޫމާތު ދިނުމުގެ ބައްދަލުވުން | 28 ނޮވެންބަރު 2019 | 10:00 މެންދުރު | ހަނިމާދޫ ސްކޫލް އޮފީސް | 
| އަންދާސީ ހިސާބު ހުށައެޅުން | 05 ޑިސެންބަރު 2019 | 10:00 ހެނދުނު | 
މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
28 ރަބީޢުލްއައްވަލް 144
25 ނޮވެންބަރު 2019