ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-CDS5/1/2019/367
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 21:14
ސުންގަޑި: 03 ޑިސެންބަރު 2019 12:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

މަޤާމް:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-316387

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ޑިޕާޓްމަންޓް / ސެކްޝަން:

ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

މަގާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ)

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ 28%. ނުވަތަ ސަޕޯޓިންގ ކޯ އެލަވަންސް: 1100/- ރުފިޔާ (މަހަކު)

2. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް އެންޑް ސްޓެޓިސްޓިކްސް ސެކްޝަނާއި އެ ސެކްޝަނުގެ ދަށުން ހިންގާ ޔުނިޓުތަކުގެ ޓެކްނިކަލް ލަފާދީ މަސައްކަތްތައް ރާވާ ހިންގުން

2. ޢިމާރާތްކުރުމާއި ގުޅޭ ޤާނުތަކާއި ގަވާއިދުތަކާއި ސްޓޭންޑަރޑްތަކާއި ކޯޑުތަކާއި ގައިޑްލައިންތައް ފަދަ ތަކެތި އެކުލަވާލުމާއި އެފަދަ ތަކެތި މުޠާލިޔާކުރުމުގެ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި ޓެކްނިކަލް ލަފާދީ ޑޮކިއުމަންޓްތައް ރިވިޢުކޮށް މަސައްކަތްތައް ހިނގަމުންދާގޮތް ބެލެހެއްޓުން

3. ޢިމާރާތްކުރުމާއި ގުޅޭ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމުތަކާއި ހިންގަންޖެހޭ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ދެނެގަނެ އެފަދަ ޕްރޮގްރާމުތަކުގެ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި ޓެކްނިކަލް ލަފާދީ ޑޮކިއުމަންޓްތައް ރިވިޢުކޮށް މަސައްކަތްތައް ހިނގަމުންދާގޮތް ބެލެހެއްޓުން.

4. ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުމުގެ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި ޓެކްނިކަލް ލަފާދީ ޑޮކިއުމަންޓްތައް ރިވިޢުކޮށް މަސައްކަތްތައް ހިނގަމުންދާގޮތް ބެލެހެއްޓުން

5. ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން ކުރެހުން ފާސްކުރުމަށްޓަކައި މިނިސްޓްރީން ދޭންޖެހޭ ހުއްދަތައް ދިނުމުގެ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި ޓެކްނިކަލް ލަފާދީ ޑޮކިއުމަންޓްތައް ރިވިޢުކޮށް މަސައްކަތްތައް ހިނގަމުންދާގޮތް ބެލެހެއްޓުން

6. އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސްޓެޓިސްޓިކްސްތައް އެއްކުރުމަށް ބޭނުންވާ ނިޠާމްތައް ޤާއިމްކޮށް މިހާރު ލިބެން ހުންނަ ޑޭޓާ އެއްކޮށް އެނަލިސިސް ހެދުމުގެ މަސައްކަތް ތަކުގައި ޓެކްނިކަލް ލަފާ ދީ ޑޮކިއުމަންޓްތައް ރިވިއުކޮށް މަސައްކަތްތައް ހިނގަމުންދާގޮތް ބެލެހެއްޓުން

7. ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވަލޮޕްމަންޓް ޑިޕާޓްމަންޓްގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ހިނގަމުންދާގޮތް ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

1. އާރކިޓެކްޗަރ / ސިވިލް އިންޖިނިއަރިންގ / ކޮންސްޓްރަކްޝަން / ސްޓްރަކްޗަރަލް އިންޖިނިއަރިންގ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، އާރކިޓެކްޗަރ / ސިވިލް އިންޖިނިއަރިންގ / ކޮންސްޓްރަކްޝަން މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. އާރކިޓެކްޗަރ / ސިވިލް އިންޖިނިއަރިންގ / ކޮންސްޓްރަކްޝަން / ސްޓްރަކްޗަރަލް އިންޖިނިއަރިންގ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، އާރކިޓެކްޗަރ / ސިވިލް އިންޖިނިއަރިންގ / ކޮންސްޓްރަކްޝަން މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

ދާއިރާ

ތަފްޟީލް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

 

ލިބިފައިވާ ތާޢުލީމު

85

20

25

5

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖުރިބާ

މާގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

30

25

25

ލިބިފައިވާ ހުނަރު

އިމްތިޙާން / ޕްރެކްޓިކަލް

50

20

450

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން

100

30

ޖުމްލަ

 

295

100

100

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން  ލިބުނު ޕޮއިންޓުގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ޑިސެންބަރު 2019 ވާ އަންގާރާ ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާލެ) ކައުންޓަރުން އަދި މިމިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ލިބެން ހުންނާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ޑިސެންބަރު 10 އާއި 2019 ޑިސެންބަރު 21 އާއި ދެމެދު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރިއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004717 ނަންބަރު ފޯނަށް ނުވަތަ 4004707 ނަންބަރު ފޯނަށެވެ.

  27 ރަބީޢުލްއައްވަލް 1441

 24 ނޮވެންބަރު  2019

24 ނޮވެންބަރު 2019