ޢާންމު މަޢުލޫމާތު
ނަންބަރު: 171-I2(AMS)/IUL/2019/05
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 16:40
ސުންގަޑި:
26 ނޮވެންބަރު 2019 10:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހާއްސަ ނީލަން
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޤަވައިދާއި ޚިލާފަށް ވަދެއުޅެނިކޮށް އަތުލައި ގަނެފައިވާ ސްރީލަންކާގެ މަސްބޯޓުގައި ހުރި މަސްތައް ޚާއްޞަނީލަމެއްގެ ގޮތުގައި ވިއްކާލުމަށް ބޭނުންވެއެވެ.
- ނީލަން ކިޔުން އޮންނާނީ 2019 ނޮވެމްބަރު 27 ވާ ބުދަ ދުވަހު 13:00 ގައި އިސްކަންދަރުކޮށި-01 ގެ ތިރީ މީޓިން ރޫމުގައެވެ.
- މިތަކެތި ބެހެއްޓިފައިވަނީ ހުޅުމާލެ ކައިރީގައި އެމް.އެން.ޑީއެފްގެ ޚާއްސަ ބެލެހެއްޓުމުގެ ދަށުގައެވެ.
- މިތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް 2019 ނޮވެމްބަރު 27 ވާ ބުދަ ދުވަހު 09:00 ގައި ބެލޭނޭ އިންތިޒާމް ހަމަޖައްސަވައި ދެވޭނެއެވެ.
- ނީލަން ކިއުމަށް ހަމަޖެހިފައިވަނީ 1400 ކިލޯ ގެ މަހެވެ. ނީލަން ކިއާނީ ޖުމްލަ 1400 ކިލޯއަށެވެ.
- ނީލަން ކިޔާނީ ހާޒިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަ ބަހުންނެވެ.
- ނީލަން ފެށޭނީ ކިލޯ އަކަށް 14 ރުފިޔާގެ ރޭޓުންނެވެ. މިސަވިސްއަށް ފެނިއްޖެނަމަ ނީލަން ފަށާއަގަށް ބަދަލުގެނައުމުގެ އިހްތިޔާރު ލިބިގެންވެއެވެ.
- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1 (އެކެއް) ރުފިޔާ އަށްވުރެން ކުޑަނޫން އަގެއް ހުށަހަޅައިގެންނެވެ.
- ނީލަން ނިމޭތާ 24 ގަޑިއިރުތެރޭގައި ނީލަން ކާމިޔާބު ކުރި ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް އެންޑް އެސެޓް މެނޭޖްމަންޓްއަށް ފައިސާ ހަވާލު ކުރަންވާނެއެވެ.
- ނީލަން ނިމޭތާ 48 ގަޑީރު ތެރޭގައި މަސްތައް ގެސްގޮސް ނިންމަންވާނެއެވެ.
- އީމެއިލް: [email protected]
ކޮޕީ: [email protected]
ވީމާ، ނީލަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެމްބަރ 26 ވާ އަންގާރަ ދުވަހު 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް މި އިއުލާނާއި އެއްހީރަސް ކުރެވިފައިވާ " ނީލަމުގައި ރަޖިސްޓަރީވާ ފޯމް " ފުރިހަމަކޮށް ނެޝަނަލް އައި.ޑީ ކާޑުގެ ކޮޕީ / ކުންފުނި ރަޖިސްޓްރީ ކޮޕީ އާއި އެކު މަތީގައިވާ މެއިލް ފޮނުވުން އެދެމެވެ. ނީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ މެއިލް ލިބުމުންނެވެ.
24 ނޮވެމްބަރު 2019 މ.
24 ނޮވެންބަރު 2019