މަސައްކަތް
ނަންބަރު: (IUL)438-GCF/438/2019/358
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި:
04 ޑިސެންބަރު 2019 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާ ނިޒާމްތަކުގެ ހިންގާ ބެލެހެޓުމުގެ ތަމްރީން ޕްރޮގްރާމް
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓަށް "ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާ ނިޒާމްތަކުގެ ހިންގާ ބެލެހެޓުމުގެ ތަމްރީން ޕްރޮގްރާމް" ހިންގާނެ ފަރާތެއް ހޯދުމާއި ގުޅޭ:
- މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓަށް "ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާ ނިޒާމްތަކުގެ ހިންގާ ބެލެހެޓުމުގެ ތަމްރީން ޕްރޮގްރާމް" ހިންގާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
- މި މަސައްކަތުގެ "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" އަދި "ޓާރމްސް އޮފް ރިފަރެންސް" މި އިއުލާނާއި އެއްކަރުދާސް ކުރެވި ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
- މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓަރީ ކުރައްވަން ވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ 'ބިޑަރޒް ރެޖިސްޓަރޭސަން ފޯމް' [email protected] އަށް އީ-މެއިލް ކުރައްވައިގެނެވެ. މިފޯމް މިގެޒެޓް އިޢުލާނާ އެއްކަރުދާސް ކުރެވި ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރީ ކުރެއްވޭނެ އެންމެފަހު ތާރީޚަކީ 28 ނޮވެމްބަރ 2019 ވާ ދުވަހުގެ މެންދުރުފަހު 12:00 އާއި ހަމައަށެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން ސާފްކުރަން ބޭނުންވާ މައުލޫމާތެއް ވާނަމަ، އީ-މެއިލް ކުރައްވާނީ28 ނޮވެމްބަރ 2019 ވާ ދުވަހުގެ 14:00 އާއި ހަމައަށް، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. ([email protected]).
- ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ( ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް.ގެ) ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓަށް ދިވެހިރާއްޖޭގެ ފެނާއި ނަރުދަމާ ނިޒާމްތަކުގެ ހިންގާ ބެލެހެޓުމުގެ ތަމްރީން ޕްރޮގްރާމް" ހިންގާނެ ފަރާތެއް ހޯދުމާއި ގުޅޭ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު، "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" ގައި ވާގޮތައް ބީލަން ހުށަހަޅާ އެޑްރެސް ލިޔެވި އަދި ބީލަން ހުށަހަޅާ ކުންފުނީގެ ނަން ސާފުކޮށް ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ 'ބިޑް ވެލިޑިޓީ' މުއްދަތެއްގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. މިބީލަމުގައި 'އިލެކްޓްރޯނިކް ސަބްމިޝަން' ބަލައެއް ނުގަނެވޭނެއެވެ.
- ބީލަން ހުށަހަޅޭނެ ގަޑިއަކީ 04 ނޮވެމްބަރ 2019 ވާ ދުވަހުގެ 10:00 ޖަހާއިރެއެވެ، ބަލައިގަނެވޭނީ މިގަޑިއަށް ހުށަހަޅާ ބިޑުތަށް އެކަންޏެވެ. ބީލަން ހުޅުވުން އޮންނާނީ 04 ޖުލައި 2019 ވާ ދުވަހުގެ 10:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގެ ޖަލްސާކުރާ މާލަމުގަ ހާޒިރުވާން ބޭނުން ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.
ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،
ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
މާފަންނު، މާލެ، 20392 ދިވެހިރާއްޖެ.
ފޯން: +(960) 301 8395
ވެބްސައިޓް: http://www.environment.gov.mv
އީ-މެއިލް [email protected]
24 ނޮވެންބަރު 2019