ކުއްޔަށް ހިފުން
ނަންބަރު: (IUL)GS129/2019/21
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 02 ޑިސެންބަރު 2019 13:30
ފައިނު ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް

 

1 ޖެނުއަރީ 2020 އިން 31 ޑިސެމްބަރ 2020ގެ ނިޔަލަށް މިސްކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު (IUL)GS129/2019/19 (18 ނޮވެމްބަރ 2019)ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން  މައުލޫމާތު ސާފުކޮށްފައިނުވާތީ އެ އިޢުލާން ބާތިލްކޮށް، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، ގެއެއް ކުއްޔަށްދޭން ޝައުގުވެރިވާ ފަރާތްތަކުން 27 ނޮވެމްބަރ 2019 ވާބުދަދުވަހުގެ 13:30ގައި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ޑިސެމްބަރ 2019 ވާ ހޯމަދުވަހުގެ 13:30ގައި މިސުކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަމްބަރ 6580358 ފޯނާއި ގުޅުއްވުން އެދެމެވެ.

24 ނޮވެންބަރު 2019