ކުއްޔަށް ދިނުން
ނަންބަރު: (IUL)456-ECMS/456/2019/64
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1347
ސުންގަޑި: 10 އޮކްޓޫބަރު 2019 1300
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ ބޮޑުމަގުގެ އިރުމަތީފަރާތު ނަރުދަމާ ނިޒާމުގެ އޮފީހާއި އިންވެގެން ދެކުނަށްހުރި އިމާރާތް ކުއްޔަށް ދޫކުރުމާއިގުޅޭ (ކުރީގެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރުން)

ގެސްޓް ހައުސް ހިންގުމަށް ނުވަތަ ވިޔަފާރި ބޭނުންތައް ކުރުމަށް މިރަށު ބޮޑުމަގު އިރުމަތީފަރާތު، ނަރުދަމާ ނިޒާމުގެ އޮފީސްހުރި ބިމާއި އިންވެގެން ދެކުނަށްހުރި އިމާރާތާއި، 16450 އަކަފޫޓް ގެ ބިން 15އަހަރުދުވަހުގެ މުއްދަތަށް މަހަކު -/1500ރ އަށްވުރެ ކުޑަނުވާ ކުއްޔަކަށް، ކުއްޔަށް ދޫކުރުމަށް 20 ނޮވެމްބަރ 2019 ގައި ކުރެވުނު މިކައުންސިލުގެ ނަންބަރު (IUL)456-ECMS/456/2019/63 އިޢުލާނަށް އެކަށީގެން ވާވަރަށް މުއްދަތު ދެވިފައިނުވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 ޑިސެމްބަރ 2019 ވާ ބްރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 10 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތުސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730  ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

2019-11-24