މަސައްކަތް
ނަންބަރު: (IUL)240-CA/240/2019/42
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:37
ސުންގަޑި: 28 ނޮވެންބަރު 2019 11:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލްގެ ލާންޗް މަރާމާތުކުރުން

މި ކައުންސިލްގެ ލާންޗްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)240-CA/240/2019/36  ( 11 ސެޕްޓެންބަރު 2019 ) އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފާހަގަކުރެވިފައިވާތީ އާއި، އެ އިއުލާނާއިގުޅިގެން ފޯރުކޮށްދެވިފައިވާ މައުލޫމާތަށް ބަދަލު އައިސްފައިވާތީ މި ކައުންސިލްގެ ލާންޗްގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރީމެވެ.  

 

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެންބަރު 28 ވަނަ ދުވަހުގެ 11:00 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޑިސެންބަރު 09 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގެންދެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

21 ނޮވެންބަރު 2019