ދިވެހިރާއްޖެ
މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މި ކައުންސިލުން ދައްކާތަނެއްގައި ސޯލާޕެނަލް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް މައިގަނޑު ތަކެތި ދިނުމުން ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)240-CA/240/2019/38 (08 އޮކްޓޫބަރު 2019) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާނު ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަންފޮތް ގަތުމަށްފަހު ތިރީގައިވާ ގަޑިއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބީލަން ފޮތުގެ އަގަކީ -/250ރ (ދުއިސައްތަ ފަންސާސް ރުފިޔާ) އެވެ. ބީލަން ފޮތް ގަންނަން ލިބޭނީ 27 ނޮވެންބަރު 2019 ވަނަ ދުވަހުގެ 09:00 އިން 03 ޑިސެންބަރު 2019 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް މިކައުންސިލްގެ އިދާރާއިންނެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
ޕްރީބިޑް މީޓިންގ |
އަތޮޅު ކައުންސިލްގެ އިދާރާ |
05 ޑިސެންބަރު 2019 |
ބުރާސްފަތި |
13:00 |
ބިޑް ހުށަހެޅުން |
އަތޮޅު ކައުންސިލްގެ އިދާރާ |
15 ޑިސެންބަރު 2019 |
އާދީއްތަ |
13:00 |
މަޢުލޫމާތު ދިނުމުގެ ސެސަނަށާއި (ޕްރީބިޑް މީޓިންގ)، ބިޑް ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.