ދިވެހިރާއްޖެ
ނަންބަރު: PR)203-EIARES/1/2019/4)
ނޫސްބަޔާން
ލ. މެންދޫއިން ޤަވާޢިދާ ޚިލާފަށް ރުއްގަސް ނެގުމާއި ގުޅިގެން ޖޫރިމަނާކުރުމާއި ގުޅޭ
ލ. މެންދޫއަކީ ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް އަލްފާޟިލް ޙަސަން އާދިލަށް (އަސްރާރުގެ، ސ.މަރަދޫ) މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ދޫކޮށްފައިވާ ރަށެކެވެ. މިރަށުގައި ދަނޑުވެރިކަން ކުރުމުގެ ގޮތުން 10 ސެޕްޓެމްބަރ 2018 ގައި ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް މިއެޖެންސީއަށް ހުށަހަޅާ 25 ނޮވެމްބަރ 2018 ގައި މިރިޕޯޓު ފާސްކޮށް މިއެޖެންސީން ވަނީ ތިމާވެށީގެ ނިންމިގޮތުގެ ލިޔުން ދޫކޮށްފައެވެ. އެހެން ނަމަވެސް، އެހުއްދައިގެ ބޭރުން ރަށުގެ އިރުއުތުރު ފަރާތުން ރުއްގަސް ނަގައި 4,822 (ހަތަރު ހާސް އަށްސަތޭކަ ބާވީސް) އަކަ މީޓަރުގެ ސަރަހައްދެއް ސާފުކޮށް މަގެއް ހަދައިފާވާތީ، ދިވެހިރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:4/93) ގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާޢިދު (ޤަވާޢިދު ނަންބަރު:2011/R-9) ގެ 16 ވަނަ މާއްދާގެ ދަށުން އަދި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 (ގަވާއިދު ނަންބަރު: (2012/R-27 ގެ 20 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޖުމްލަ 275،000 (ދެލައްކަ ހަތްދިހަ ފަސް ހާސް) ދިވެހިރުފިޔާއިން އަލްފާޟިލް ޙަސަން އާދިލް (އަސްރާރުގެ، ސ.މަރަދޫ) ވަނީ 20 ނޮވެމްބަރ 2019 ގައި ޖޫރިމަނާކުރެވިފައެވެ. އަދި މިޖޫރިމަނާ ފައިސާ މިއެޖެންސީއަށް 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެފަރާތަށްވާނީ އެންގިފައެވެ.
............................................
24 ރަބީޢުލްއައްވަލް 1441
21 ނޮވެމްބަރ 2019