ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)22-PU/22/2019/274
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:01
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2020 ވަނަ އަހަރު ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް އާންމުކުރުން

އިޢުލާން

1 - 2020 ވަނަ އަހަރު ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ކްރެޑިޓަށް ތަކެތި ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް ރަޖިސްޓްރީކުރުމަށް މިމިނިސްޓްރީގެ ނަންބަރު IUL)22-PU/22/2019/259) އިޢުލާނުން ހުޅުވާލި ފުރުސަތުގައި އެކަމަށްއެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ތިރީގައިއެވާ 2 ފަރާތް ލިސްޓަށް އިތުރު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

#

ފިހާރައިގެ ނަން

ފިހާރަހުރި ތަން

49

ޗާރމިން ޓްރެޝަރ

ހުޅުމާލޭ ލޮޓް 11270

50

އީޒީ ރައިޓްސް

ލީނާމަންޒިލް، ގއ.ކޮލަމާފުށި

2 - 2020 ވަނަ އަހަރު ދަރިވަރުންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ލިބިވަޑައިގަންނަވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ކަމަށް ހުރިހާ ބެލެނިވެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

3 - 2020 ވަނައަހަރުގެ ސްޓޭޝަނަރީ ވައުޗަރާއި ގުޅިގެން އެއްވެސް ހަދިޔާއެއްލިބޭ ޕްރޮމޯޝަނެއް، 2019 ނޮވެންބަރު 15 އިން ފެށިގެން 2020 ޖަނަވަރީ 31 އާއި ހަމައަށް ހިންގުމަކީ ސްޓޭޝަނަރީ ވައުޗަރަށް ތަކެތި ދޫކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މަނާކަމެއް ކަމަށްވުމާއެކު، އެފަދަ ހަދިޔާއެއްލިބޭ ޕްރޮމޯޝަންތަކުގައި ބައިވެރި ނުވުމަށް ބެލެނިވެރިންނަން ހަދުމަފުޅުކޮށް އަރުވަމެވެ.

21 ނޮވެންބަރު 2019