ނީލަން
ނަންބަރު: WAMCO-LOG/IUL/2019/076
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 28 ނޮވެންބަރު 2019 11:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުގެ ތިލަފުށި ޑިސްޕޯސަލް ސައިޓްގައި ހުރި ތަކެތި ނީލަންކިޔުމާއި ގުޅޭ

ނީލަން ކިޔުން

 ނަންބަރު:WAMCO-LOG/IUL/2019/076

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުގެ ތިލަފުށި ޑިސްޕޯސަލް ސައިޓްގައި ހުރި ތަކެތި ނީލަންކިޔުމާއި ގުޅޭ

  • ވޭސްޓް މެނޭޖްމަންޓް ކޮޕަރޭޝަނުގެ ތިލަފުށި ޑިސްޕޯސަލް ސައިޓްގައި ހުރި ކުނީގެ ގޮތުގައި އުކާލާފައިވާ ދަގަނޑު އެލްމީނިއަމް، ލޯ ، ބައު މެޝިނަރީސް ނީލަމުގައި ވިއްކާލުމަށް ބޭނުން ވެއްޖެއެވެ.
  •  ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މާލެ އިންޑަސްޓްރިއަލް ޒޯންގައި ހުންނަ ވެމްކޯގެ  އޮފީހަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު  އަގުހުށަހަޅައި ނީލަމުގައި ބައިވެރިވުން އެދެމެވެ.
  • އަގު ހުށަހަޅުއްވައި ނީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިނުވެވޭނެ ކަމުގައި ދަންނަވަމެވެ.

 

ދުވަސް

ގަޑި

ތަން

ތަކެތި ހުރިތަން

މަޢުލޫމާތު ސާފުކުރުން

28 ނޮވެމްބަރ 2019 (ބުރާސްފަތި)  

 11:00 (ހެނދުނު)

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް މީޓިންގ ރޫމް

ވޭސްޓް މެނޭޖްމަންޓް ކޮޕަރޭޝަނުގެ ތިލަފުށި ޑިސްޕޯސަލް ސައިޓް

އަގު ހުށަހެޅުން އަދި ނީލަން ކިޔުން

1 ޑިސެމްބަރ 2019 (އާދިއްތަ)

 11:00 (ހެނދުނު)

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

ވޭސްޓް މެނޭޖްމަންޓް ކޮޕަރޭޝަނުގެ ތިލަފުށި ޑިސްޕޯސަލް ސައިޓް

 

  • ނީލަން ކިއުން އޮންނާނީ 1 ޑިސެމްބަރ 2019 ވާ އާދިއްތަ ދުވަހު 11:00 ގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުގެ ތިލަފުށި ޑިސްޕޯސަލް ސައިޓް ގައެވެ.
  • ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، މަތީގައި ބަޔާންކޮށްފައިވާ ބާވަތްތައް ބެލުމަށްފަހު ހުރިހާ ބާވަތަކަށް އެއްކޮށް ހުށަހަޅާ އެންމެ މަތީއަގު ލިޔުމަކުން ހުށަހެޅުއްވުމުން، ހުށަހެޅިފައިވާ އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ. ނީލަން ފެށުމަށް ކަނޑައެޅިފައިވާ އަގަކީ 70،000.00 (ހަތްދިހަ ހާސް) ރުފިޔާއެވެ.
  • ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/500 (ފަސްސަތޭކަ ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެއް ހުށަހަޅައިގެންނެވެ.
  • ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަގަބަހުން ނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޟިރީން ނަށް އަޑުއިވޭވަރަށް އަގަބަހުން ނެވެ.
  • ނީލަންނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނުފަރާތުން ފައިސާ ދައްކަވަންވާނެއެވެ.
  • ނީލަމުގައި ބައްލަވައިގަނެވުނު ތަކެތި ސައިޓުން ދޫކުރެވޭނީ ނީލަން ކަމިޔާބު ކުރިފަރާތުން ދައްކަވަންޖެހޭ ފައިސާ ދެއްކުމަށް ފަހުގައެވެ.
  • އަދި ނީލަންނިމޭތާ  10 ދުވަހުގެ ތެރޭގައި ނީލަންކިއުނު ތަކެތި ސައިޓުން ގެންދަވަންވާނެއެވެ.

މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804  ، ފެކްސް ނަންބަރު:  3000584 

[email protected]

 23 ރަބީޢުލް އައްވަލް 1441

                      21 ނޮވެމްބަރ 2019  

  •  
21 ނޮވެންބަރު 2019