ދިވެހިރާއްޖެ
މި އިޢުލާންވަނީ 27 ނޮވެންބަރު 2019 13:58 ގައި ބާތިލް ކުރެވިފައެވެ.
ހއ.ބާރަށު ކައުންސިލް އިދާރާގައި މިހާރު ބޭނުންކުރަމުންދާ 06 އެއާރކޯން ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޙަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާނީ  | 
 24 ނޮވެމްބަރު 2019 (އާދީއްތަ) ދުވަހުގެ 13:00 އަށް.  | 
| 
 އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާނީ  | 
 26 ނޮވެމްބަރު 2019 (އަންގާރަ) ދުވަހުގެ 13:00 އަށް.  | 
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.
20 ރަބީޢުލްއައްވަލް 1441
17 ނޮވެމްބަރު 2019