ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ކޮމިޝަނަށް ބޭނުންވާ ބައެއް އައިޓީ ހާޑްވެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-K/CIR/2019/27 (4 ޖުލައި 2019) މާލިއްޔަތު ސާރކިއުލަރގައި ވާގޮތުގެމަތިން މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައި ދެންނެވީމެވެ.
ވީމާ، މި މަސައްކަތްތައް، އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 26 ނޮވެމްބަރު 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ކުރިން، މި ކޮމިޝަނަށް (މ. ތީމުގެ) ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެންނެވީމެވެ.
މި ބީލަމުގެ މަޢުލޫމާތު ކަރުދާސް، 26 ނޮވެމްބަރު 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރި ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ.
ބީލަމުގައި ރަޖިސްޓްރީވި ފަރާތްތަކުން 3 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް ކޮމިޝަނަށް (މ. ތީމުގެ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަންވެސް ދެންނެވީމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 3340614 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
24 ރަބީޢުލްއައްވަލް 1441
21 ނޮވެމްބަރު 2019