ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-C/327/2019/196
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 28 ނޮވެންބަރު 2019 13:00
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލް ވޮލީ ޓޯނަމެންޓް 2019 ގައި ބައިވެރިވުމުގެ ފުރުސަތު ގެ މުއްދަތަށް ބަދަލު ގެނައުން

    

ފާދިއްޕޮޅު ނައިފަރު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ނައިފަރު  ވޮލީ ޓޯނަމެންޓް 2019" ގެ ކުރިން ކުރެވިފައިވާ އިއުލާނަށް( (IUL)327-C/327/2019/196) ހަވާލާދީ ދަންނަވަމެވެ. 

ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ބަލައިގަތުމުގެ ސުން ގަޑިއަކީ 29 ނޮވެމްބަރ ކަމުގައިވީ ނަމަވެސް، އެ ދުވަހަކީ ހުކުރު ދުވަހަކަށް ވުމުގެ ސަބަބުން މިހާރު މުބާރާތުގައި ބައިވެރިވުމުގެ ސުން ގަޑިއަކީ 28 ނޮވެމްބަރ ގެ 13:00 އެވެ.

ވީމާ، ދެންނެވިފައިވާ ވަގުތުގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން ނުވަތަ [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

21 ނޮވެންބަރު 2019