މަސައްކަތް
ނަންބަރު: (IUL)195-A-GA/1/2019/28
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:34
ސުންގަޑި: 25 ނޮވެންބަރު 2019 12:00
ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނުގެ އައު އިމާރާތުގެ ޕާޓިޝަން ޖެހުމާއި ކަރަންޓު ވަޔަރު ކުރުމާގުޅޭ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިކޮމިޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، މި ކޮމިޝަނުގެ އައު އޮފީހުގެ ޕާޓިޝަންޖެހުމުގެ މަސައްކަތް އަދި ކަރަންޓު ވަޔަރު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-K/CIR/2019/27 (4 ޖުލައި 2019) މާލިއްޔަތު ސާރކިއުލަރގައި ވާގޮތުގެމަތިން  މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައި ދެންނެވީމެވެ.

ވީމާ، މި  މަސައްކަތްތައް، އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ކުރިން، މި ކޮމިޝަނަށް (މ. ތީމުގެ) ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެންނެވީމެވެ.

މި ބީލަމުގެ މަޢުލޫމާތު ކަރުދާސް، 25 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރި ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެއެވެ.  

ބީލަމުގައި ރަޖިސްޓްރީވި ފަރާތްތަކުން 2 ޑިސެމްބަރ 2019 ވާ ހޯމަދުވަހުގެ 11:00 އަށް ކޮމިޝަނަށް (މ. ތީމުގެ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަންވެސް ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 3340614 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

20 ނޮވެންބަރު 2019