ވަޒީފާގެ ފުރުޞަތު
ނަންބަރު: FDC-IUL/2019/37
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 28 ނޮވެންބަރު 2019 14:00
ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ޑިސްޕެޗް އޮފިސަރ

މި ކޯޕަރޭޝަނުން ޑިސްޕެޗް އޮފިސަރގެ މަޤާމަށް ކުރި ނަންބަރު FDC-IUL/2019/33 (14 ނޮވެންބަރު 2019) އިއުލާނަށް މިހާތަނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ، އެއިއުލާނުގެ މުއްދަތު 2019 ނޮވެންބަރު 28 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އިތުރުކޮށް އަލުން އިއުލާންކުރަމެވެ.

ވީމާ ތިރީގައި މިދަންނަވާ މަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމު:

ޑިސްޕެޗް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ފަހިދިރިއުޅުން ކޯޕަރޭޝަން، 8 ވަނަ ފަންގިފިލާ، ހ. އޯކިޑް، ކ. މާލެ.

މަޤާމުގެ ޝަރުޠު:

  1. ގްރޭޑް 10 ނިންމާފައިވުން.
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ތަޖުރިބާ ލިބިފައިވުން.
  3. މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި އަދި ގަޑިއަށް ފަރުވާބަހައްޓާ މީހަކަށް ވުން.
  4. ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އޮފީހުން ފޮނުވަން ބޭނުންވާ ލިޔެކިޔުންތައް ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން ޑިސްޕެޗްކޮށް ބެލެހެއްޓުން.
  2. ޑިޕާޓުމަންޓުން އަންގާގޮތެއްގެ މަތިން ޑިސްޕެޗް ރިޕޯޓް ތައްޔާރުކުރުން.
  3. އޮފީހަށް ނަގަންޖެހޭ މުދަލާއި ތަކެތި ނެގުމަށް ސެކްޝަން/ ޔުނިޓުތަކުގެ ލަފަޔާއި އިރުޝާދާ އެއްގޮތްވާގޮތަށް އެތަކެތީގެ ކޯޓޭޝަންތައް ހޯދުމާއި އޮފީހަށް ގަންނަންޖެހޭ ތަކެތި ގަންނަން ދިއުން.
  4. އޮފީހުގެ ބައްދަލުވުންތަކަށް މީޓިންގ ރޫމް ތައްޔާރުކުރުމާއި، ބައްދަލުވުން ހިނގާ ވަގުތުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  5. އޮފީސް ސާފުކޮށް ބެލެހެއްޓުން.
  6. މީޓިންގ ރޫމް އަދި ސައި ކޮޓަރި ސާފުކޮށް ބެލެހެއްޓުން.
  7. ސައިކޮޓަރިއަށް ބޭނުންވާ ތަކެތި ހަމަކޮށް، ބެލެހެއްޓުން.
  8. އޮފީހުގެ އެހެނިހެން ޑިޕާޓުންމަންޓުތަކުން ޑިސްޕެޗް ޚިދުމަތް ބޭނުންވެއްޖެ ހާލަތްތަކުގައި އެ ޚިދުމަތް ފޯރުކޮށްދިނުން.
  9. މީގެ އިތުރުންވެސް އޮފީހުން ޙަވާލުކުރާ އެންމެހައި ރަސްމީ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (އިއުލާނާއެކު އެޓޭޗްކޮށްފައި).
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ.
  4. މުއްދަތު ހަމަނުވާ ސައިކަލު ދުއްވުމުގެ ޑްރައިވިން ލައިސަންސްގެ ސާފު ކޮޕީ.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ.
  6. އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ނޮވެންބަރު 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ކޯޕަރޭޝަންގެ އޮފީސް (ހ. އޯކިޑް8B  އަމީރުއަޙްމަދު މަގު، މާލެ، 20095) އަށް އެޑްރެސްކުރައްވައި ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާށެވެ.

 

20 ނޮވެންބަރު 2019