ދިވެހިރާއްޖެ
2020ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެގޮތުން ތިރީގައިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު، މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
1. ސްކޫލްގެ ބޭރު ފާރުގެ ޖާލިގަނޑު ދޭތެރެއިން 3 ފޫޓަށް ރާނައި، ސިމެންތި ޖެހުމަށް ފަހު ކުލަލުން.
2. ދަރިވަރުން ބޭނުންކުރާ 12 ފާޚާނާގެ ސީލިންގ މަރާމާތުކުރުން.
3. އޮފީސްތެރޭގައި އެޑްމިނިސްޓްރޭޓަރ ރޫމެއް ހެދުން.
4. ހަތާވީސް ކުލާހުގެ ކުޑަދޮރުގައި ދޮރުފޮތި ދެމުން.
5. މާލަމުގެ ކަރަންޓްގެ މައްސަލަ ޙައްލުކުރުމާއި އެނަރޖީ ލައިޓްތައް ލެޑް ލައިޓަށް ބަދަލުކުރުން.
6. ދަރިވަރުން ބޭނުންކުރާ 44 ފާޚާނާގެ މުސްލިމް ޝަވަރއާއި ފްލަސްޓޭންކް މަރާމާތުކުރުން.
7. ކުލާސްތަކުގެ ފަންކާ، ބޮކި، ސްވިޗް ބަދަލުކުރުން.
8. ސެން ކްލާސް، ސައިންސްލެބް، ސްޓާފްރޫމް، އަދި ރިސެޕްޝަންގެ ސީލިންގ މަރާމާތުކުރުން.
9. ކްލާސް ރޫމްތަކުގައި ކުލަލުން.
10. ކްލާސް ރޫމްތަކުގެ ތަޅު ބަދަލުކުރުން.
11. ބައެއް ފްލޯތަކުގެ ލައިޓްތައް ބަދަލުކުރުން.
12. ގާރޑްރޫމްގެ ބޭރު ފާރުން ބައެއް ކަނޑާލުމަށްފަހު، ގާރޑްރޫމްގެ ބޭރު ފާރާ ހަމައަށް ބޮޑުކޮށް ބޭރު ފެންނަގޮތަށް ޖާލިޖެހުން.
2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެންބަރު 21 އިން 2019 ނޮވެންބަރު 25 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 12:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
3. މި މަސައްކަތްތަކާ ބެހޭގޮތުން ތައްޔާރުކުރެވިފައިވާ މަޢުލޫމާތު (ބީލަން ފޮތް)، މިކަމަށް އެދި ނަންނޯޓުކުރައްވާ ފަރާތްތަކަށް އެރުވޭނެއެވެ.
4. މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެންބަރު 26 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
5. ބީލަން ހުޅުވުން އޮންނާނީ 2019 ނޮވެންބަރު 27 ވާ ބުދަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ / ފޯން: 3323627
އީ-މެއިލް: [email protected]
23 ރަބީޢުލްއައްވަލް 1441
20 ނޮވެންބަރު 2019