ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
1. ކުލާސްތަކުގެ ކުޑަދޮރުފަތްތައް މަރާމާތުކުރުން
2. ހޯލް ޢިމާރާތުގެ ޕާރޓިޝަން ބަދަލުކުރުން
3. ސްކޫލް ޢިމާރާތްތަކުގައި ކުލަލުން
މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ނޮވެންބަރު 26 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2019 ޑިސެންބަރު 02 ވާ ހޯމަ ދުވަހު ހެނދުނު 10.00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފްކުރުން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފްކުރާ ފަރާތްތަކަށެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެފަދަ ލިޔުމެއް އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6520534 އާއި ގުޅުއްވުން އެދެމެވެ.
23 ރަބީޢުލްޢައްވަލް 1441
20 ނޮވެމްބަރ 2019