ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)370-ESMS SC/370/2019/50
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި: 28 ނޮވެންބަރު 2019 14:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު ( ކުނިގޮނޑު )

  ނަންބަރ: (IUL)370-ESMS SC/370/2019/50

 

އިޢުލާނު

މަސައްކަތު   ( ކުނިގޮނޑު )

މަޤާމް:

02

ބޭނުންވާ އަދަދު:

ވަގުތީ ( 1 ޖަނަވަރީ 2020 ފެށިގެން 31 ޑިސެމްބަރ 2020ގެ ނިޔަލަށް )

މަޤާމުގެ ގިންތި:

ސަރޕޯޓްސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ކޯޕަރޭޓް އެފެއާޒް ޔުނިޓް

ސެކްޝަން:

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލި ކައުންސިލް އިދާރާ

މަޤާމް އޮތް އޮފީސް:

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލި ކައުންސިލް އިދާރާ / ފ.ފީއަލި

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/2500ރ ( ދެހާސް ފައްސަތޭކަ ރުފިޔާ )

މުސާރަ:

-/50ރ ( ނިކުންނަ ކޮންމެ ދުވަހަކަށް )

   1.  ދިވެހިރައްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

ސަރވިސް އެލެވަންސް:

އިތުރު އިނާޔަތްތައް:

  1. ކުނިގޮނޑަށް ކުނިގެންދާ ފަރާތްތަކުން ކުނި އެޅުމަށް ކަނޑައަޅާފައިވާ ތަންތަނަށް ކުނި އަޅާތޯ ބަލައި އެތަންތަނަށް ކުނި އެޅުވުން.
  2. އެއްވެސް ބާވަތެއްގެ ކުންޏެއް މޫދަށް އަޅައިތޯބަލައި އެކަން މަނާކުރުން.
  3. ކުނިގޮނޑަށް ގެންދެވޭ ކުނި ވަކިކޮށްގެން ނުގެންދާ ފަރާތްތަކަށް އެކަން ހަނދާންކޮށްދީ ތަކުރާރުވާ ފަރާތްތަކުގެ މައުލޫމާތު ރަށު ކައުންސިލަށް އެންގުން.
  4. އަންދާކުނި އެންދުމުގައި އާއްމުންނަށް އުނދަގޫ ނުވާނެ ގޮތެއްގެ މަތިން އެންދުން.
  5. ކުޑަކުދިން ކުނިގޮނޑު ސަރަޙައްދަށް ވަނުން މަނާކުރުން. އަދި ތަކުރާރުވާނަމަ ކައުންސިލަށް އެންގުން.
  6. ކުނިގޮނޑަށް ހޯދާފައިހުންނަ ހުރިހާ އެއްޗެއް އަމާނަތްތެރިކަމާއެކު ބެލެހެއްޓުން
  7. އަދި މި ނޫނަސް ކައުންސިލުން އަންގާ ކަންކަން ކުރުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދިވެހިރައްޔިތެއް ކަމުގައިވުން.
  2. ލިޔަންކިޔަން އެނގުން.

މަޤާމުގެ ޝަރުޠުތައް:

ލިބިފައިވާ އިތުރު ތަޢުލީމް، ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ތަމްރީނު، ވަޒީފާއާއިގުޅޭ ތަޖުރިބާ ، އެހެނިހެން ތަޖްރިބާ،  އިންޓަރވިއު / ޕްރެކްޓިކަލްސް

 

  

ވަޒީފާޢަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދޭ ފޯމު މި ( ފީއަލި ކައުންސިލްގެ އިދާރާގެ ) ކައުންޓަރުން ލިބެން ހުންނާނެއެވެ. މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ނޮވެމްބަރ 28 ދުވަހުގެ 14:00 ގެ ކުރިން، މި އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

   

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ނޮވެމްބަރ 29 އާއި 2019 ޑިސެމްބަރ 05 އާ ދެމެދު، ފީއަލި ކައުންސިލްއިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

 

 

      1441 C 22

                                    19 ނޮވެމްބަރ 2019 

 

 

                                                                 މުޙައްމަދު ޖަލީލް

ފީއަލި ކައުންސިލްގެ ރައީސް 

19 ނޮވެންބަރު 2019