ދިވެހިރާއްޖެ
2020 ވަނަ އަހަރު ކިޔެވުން ފެށުމުގެ ކުރިން ތިރީގައިވާ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ސްޓޭޖްކްލާސްރޫމްސީލިންގބަދަލުކުރުން.
- ކަރަންޓް ވަޔަރިންގ ބަދަލުކުރުން.
- ކްލާސްރޫމް ބޭރު ސީލިންގ ބަދަލުކުރުން.
މި މަސައްކަތްތަކަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނޫ (ޤާނޫނޫ ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނޫ (ޤާނޫނޫ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން ދަންނަވަމެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ފުޅަދޫ ސުކޫލް |
25 ނޮވެމްބަރ 2019 |
ހޯމަ |
10:30 |
އަންދާސީ ހިސާބު ހުށައެޅުން |
ފުޅަދޫ ސުކޫލް |
28 ނޮވެމްބަރ 2019 |
ބުރާސްފަތި |
10:30 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުޅަދޫ ސްކޫލް
ބ. ފުޅަދޫ
ފޯން: 6600013
އީ-މެއިލް: [email protected]
23 ރަބީޢުލް އައްވަލް 1440ހ.
20 ނޮވެމްބަރ 2019މ.