ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2019/79
ޕަބްލިޝްކުރި ތާރީޚް: 19 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 21 ނޮވެންބަރު 2019 12:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ގެފަރާތުންް ބާއްވާ ރަންޔޫބިލް ޙަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ނޮވެމްބަރު މަހުގެ 25 އިން 28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ފަންނާނުންނަށް ވަނީ ލިބިފައެވެ. އެގޮތުން ބައިވެރިވާ ފަންނާނުންގެ ހުރިހާ ޙަރަދެއް އޯ.އައި.ސީ. އިން ހަމަޖައްސަވާނެއެެވެ.

މިޙަރަކާތްތަކުގައި ބައިވެރިކުރެވެނީ ސަގާފީ ޙަރަކާތްތަކެއް ހުށަހަޅާދެވޭނެ ގިނަވެގެން 10 ފަންނާނުންގެ ގްރޫޕަކަށެވެ.

ވީމާ، އިސްވެދެންނެވުނު ޙަރާކާތްތަކުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 21 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ޕާޓިސިޕޭޝަން ފޯމް އާއި، ޕާސްޕޯޓު ކޮޕީ އަދި ކަލްޗަރަލް އިވެންޓް އެއްގައި ބައިވެރިވެ ނަގާފައިވާ ގްރޫޕް ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. ޕާޓިސިޕޭޝަން ފޯމް އިއުލާނާއި އެކު ހިމަނާފައިވާނެއެެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ފޯނު ނަންބަރު  3344667   އަށް ގުޅުއްވުން އެދެމެވެ.

19 ނޮވެންބަރު 2019