ދިވެހިރާއްޖެ
މި މަދަރުސާގެ ނަންބަރ:GS-31/IUL/2019/40 ( 14 ނޮވެމްބަރ 2019 ) ގެ އިއުލާނާގުޅިގެން މައުލޫމާތު ސާފްކުރެއްވުމަށް 3 ފަރާތަކުން ޙާޟިރުވެލައްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
މި މަދަރުސާގެ ޕްރިންސިޕަލް ހުންނަވަން 2 ކޮޓަރިއާއި ސިޓިންގ ރޫމަކާއި ކައްކައި ކައިހެދޭގޮތަށް ހުރި ގެއެއް ނުވަތަ އެޕާރޓްމަންޓެއް 01 ޖެނުއަރީ 2020 އިން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ކުށްޔަށް ހިފަން ބޭނުންވެއެވެ. ވީމާ، މިފަދަ ޢިމާރާތެއް ކުށްޔަށް ދެއްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ،ވެރިފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.
މަޢުލޫމާތު ސާފްކުރެއްވުމަށް ދުރުވެނުލައްވާ ފަރާތްތަކަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ.
1- މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ނޮވެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި މަދަރުސާގެ އޮފީހުގައެވެ.
2- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2019 ނޮވެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ދ. އަތޮޅުމަދަރުސާގެ އޮފީހުގައެވެ.
3- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ.
ދ.އަތޮޅު މަދަރުސާ
ފޯނު ނަންބަރ: 7952915
އީމެއިލް: [email protected]