ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކޮންޓްރެކްޓް އުސޫލުން މީލާދީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެމްބަރ 19 އިން 27އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް ޖަލާލުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 01 ވާ އާދީއްތަ ދުވަހުގެ 13:30 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީ ރޫމް 01 ގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 5 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީ ރޫމް 01 ގައެވެ.
ނޯޓް : ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- · ޖަލާލުއްދީން ސްކޫލް / ހދ.ކުޅުދުއްފުށި
- ފޯން: 6528815, 6528873
- އީ-މެއިލް: [email protected]
22 ރަބީޢުލްއައްވަލް 1441
19 ނޮވެންބަރު 2019