ދިވެހިރާއްޖެ
ސްކޫލް ކެންޓީން ހިންގައިދޭނެ ފަރާތެއް ހޯދުން
މި ސްކޫލުގެ ކެންޓީން އަމިއްލަ ތަކެތީގައި ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު (IUL)GZS/0219/64 އަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާނު ބާތިލުކޮށް، މި ސްކޫލުގެ ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދުމަށް،އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް މި ސްކޫލަށް ވަޑައިގެން ރަޖިސްޓަރީ ކުރަށްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މި ސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާގުޅޭ މަޢުލޫމާތު ޝީޓު ޑައުންލޯޑު ކުރުމަށް މި އިޢުލާނާއެކު ހީރަސްކޮށްފައި ވާނެއެވެ. އަދި މި މަސައްކަތާ ގުޅިގެން ޕްރީބިޑް މީޓީންގ ބޭއްވުމަށް ހަމަޖެހިފައި ނުވާކަމުގައި ދަންނަވަމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޣާޒީ ސްކޫލް، ހުޅުމާލެ
- ފޯން: 3350733
- އީ-މެއިލް: [email protected]
# |
ތަފުސީލު |
ތާރީޚު |
ގަޑި |
1 |
ރަޖިސްޓަރީކުރުން |
20 ނޮވެމްބަރު 2019 އިން 27 ނޮވެމްބަރު 2019 |
ހެނދުނު 08:00 ން މެންދުރުފަހު 02:00 އަށް |
2 |
އަންދާސީހިސާބު ހުށަހެޅުން |
28 ނޮވެމްބަރު 2019 (ބުރާސްފަތި) |
މެންދުރުކުރި 11:00 |
19 ނޮވެމްބަރު 2019