މަސައްކަތް
ނަންބަރު: (IUL)456-ECMS/456/2019/62
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 08:46
ސުންގަޑި: 02 ޑިސެންބަރު 2019 13:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ އިޖްތިމާއީ ސަރަހައްދުތައް ސާފްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

ކޮންޓެކްޓް އުސޫލުން 2020 ވަނަ އަހަރުގެ ނިޔަލަށް މިރަށުގެ އިޖްތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 02 ޑިސެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުމަށް ދަންނަވަމެވެ.

ބިޑުއިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލު:

އަގު

ޖަމިއްޔާ/ޖަމާއަތެއްނަމަ

ޖުމްލަ ޕޮއިންޓް

75

25

100

ބިޑު ކާމިޔާކުރާފަރާތަކީ މި އުޞޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭރާތެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލްކުރެވޭނެވާހަކަވެސް ދެންނެވީމެވެ.

17 ނޮވެންބަރު 2019