ދިވެހިރާއްޖެ
ނަންބަރު: (IUL)471-CDS5/1/2019/298
އިޢުލާން
ސޮފްޓްވެއަރ ޑިވެލޮޕަރ
މި މިނިސްޓްރީގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަންގެ މަސައްކަތާއި ގުޅިގެން، 01 އަހަރު ދުވަހުގެ މުއްދަތަށް، މި މިނިސްޓްރީގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަންގައި މަސައްކަތް ކުރުމަށް "ސޮފްޓްވެއަރ ޑިވެލޮޕަރ" އެއް ބޭނުންވެއެވެ. މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
އުޖޫރާ:
މި މަޤާމަށް ހޮވޭ ފަރާތަށް މުސާރާއިގެ ގޮތުގައި -/16000 ރުފިޔާގެ އުޖޫރައެއް ދެވޭނެވެ.
ވީމާ، މި މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން 2019 ނޮވެމްބަރު 27 ވާ ބުދަ ދުވަހު 12:00 ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ހިއުމަން ރިސޯސަސް މެނޭޖްމަންޓް ސެކްޝަން
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ.
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 4004707 / 4004717
އީ-މެއިލް: [email protected]
ވެބްސައިޓް: www.planning.gov.mv
21 ރަބީޢުލްއައްވަލް 1441
18 ނޮވެމްބަރު 2019