މަސައްކަތް
ނަންބަރު: GS-154/IUL/2019/28
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:39
ސުންގަޑި:
27 ނޮވެންބަރު 2019 13:00
ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2020 ވަނަ އަހަރު ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެށް ހޯދުން
ކުނބުރުދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
- 2020 އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެމްބަރ 19 އިން 2019 ނޮވެމްބަރ 24 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެމްބަރ 25 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ނޮވެމްބަރ 27 ވާ ބުދަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުނބުރުދޫ ސްކޫލް
އދ.ކުނބުރުދޫ
ފޯން: 6680842
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
21 ރަބީޢުލްއައްވަލް 1441
18 ނޮވެންބަރު 2019