ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)475/475/2019/179
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 24 ނޮވެންބަރު 2019 10:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ ސޯޝަލް ސޭފްގަރޑް އޮފިސަރ

 

ވަޒީފާގެ ފުރުސަތު

މިމިނިސްޓްރީއިން ވަރލްޑްބޭންކުގެ އެހީއާއެކު ކުރިޔަށްގެންދާ ' މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު' ޕްރޮޖެކްޓަށް ސީނިއަރ ސޯޝަލް ސޭފްގަރޑް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް ކުރި އިޢުލާން (ނަންބަރ (IUL)475/475/2019/161) އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން އިޢުލާން  ކުރަމެވެ.

މަޤާމް:       ސީނިއަރ ސޯޝަލް ސޭފްގަރޑް އޮފިސަރ

ބޭނުންވާ އަދަދު:    1 (އެކެއް)

ފެންވަރު ނުވަތަ ޝަރުތު:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މުސާރަ ކަނޑައެޅިފައިވާ ގޮތް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު  ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ.

 

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ނޮވެމްބަރ 2019 ގެ ހެނދުނު 10:00  ގެ ކުރިން ފެން ބިލްޑިންގ، 2 ވަނަ ފަންގިފިލާގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް  3026975 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

           

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
  4. ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ )ވެލިޑޭޓް ކުރެވިފައިވާ(

   

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

ފެން ބިލްޑިން، 2 ވަނަ ފަންގިފިލާ

އީމެއިލް : @mohe.gov.mvpmu  ފޯން: 3026975

މަޤާމަށް ހޮވުން: - މި މަޤާމަށް ހޮވޭނީ ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު އިންޓަރވިއުއިން ފާސްވާ ފަރާތެކެވެ. މި މަޤާމަށް ބޭފުޅަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖޫން 2016 " ގައި ވާ ގޮތުގެ މަތިންނެވެ.

18 ނޮވެންބަރު 2019