މަސައްކަތް
ނަންބަރު: GS142/2019/21
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 28 ނޮވެންބަރު 2019 11:00
ހުރާ ސްކޫލް، ކ.ހުރާ
ދިވެހިރާއްޖެ
ސްކޫލްގެ ޢިމާރާތްތަކުގައި ކުލަލުން

މި އިޢުލާންވަނީ 28 ނޮވެންބަރު 2019 13:44 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މި ސްކޫލުގެ ޢިމާރާތްތަކުގައި ކުލަލުން

 

މި ސްކޫލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް މި ސްކޫލުގެ ޢިމާރާތްތަކުގެ އެތެރޭ ފާރުތަކާއި ބޭރު ފާރުތަކުގައި ކުލަ ލައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ނޮވެމްބަރު 2019 ވާ އާދީއްތަ ދުވަހު 11:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ނޮވެމްބަރު 2019 ވާ ބުރާސްފަތި ދުވަހު 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ  ވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.

 

މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

                                  21   ރަބީޢުލް އައްވަލް    1440

                           18   ނޮވެމްބަރ        2019

18 ނޮވެންބަރު 2019