މަސައްކަތް
ނަންބަރު: GS139/2019/32
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 18 ނޮވެންބަރު 2019 10:00
ބ. ގޮއިދޫ ސްކޫލް، ބ. ގޮއިދޫ
ދިވެހިރާއްޖެ
ހޯލް އިމާރާތުގެ 4ކުލާސްރޫމްގައި ތަށިމުށި ޖަހައި ޕާޓިޝަން ބަދަލުކުރުމާއިބެހޭ

އިއުލާން

ހޯލް އިމާރާތުގެ 4ކުލާސްރޫމްގައި ތަށިމުށި ޖަހައި ޕާޓިޝަން ބަދަލުކުރުމާއިބެހޭ

2020ވަނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް މިސްކޫލްގެ ހޯލް އިމާރާތުގެ 4ކުލާހުގައި ތަށިމުށި އަދި ޕާޓިޝަން އަމިއްލަތަކެތީގައި ޖަހާދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.

            ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

       ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގައެވެ.

       މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި ތިރީގައި މިވަނީއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

24 ނޮވެމްބަރ 2019 ވާ އާދީއްތަ ދުވަހު 10:00

28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހު 10:00

       މައުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ދުރުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

       މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި، ދެންވިފައިވާ ގަޑީގެ ކުރިންނާއި ފަހުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

18 ނޮވެންބަރު 2019