ވަޒީފާގެ ފުރުޞަތު
ނަންބަރު: 393/393/2019/58
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 28 ނޮވެންބަރު 2019 14:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު( މިސްކިތު މަސައްކަތު މީހުންގެ ދަފްތަރު އެކުލަވާލުން)

މިސްކިތު މަސައްކަތު މީހުންގެ ދަފުތަރު އެކުލަވާލުން

                       މިސްކިތްތަކުގެ މަސައްކަތު މީހުން ޗުއްޓީއާއީ ސަލާމުގައި ތިބޭ ދުވަސްވަރު ވަގުތީ ގޮތުން މިސްކިތްތައް ބަލަހައްޓައިދޭނެ ފަރާތްތަކެއް ހޯދައި ދަފުތަރުކޮށްފައި ބޭއްވުމަށް ބޭނުންވެއެވެ. މިދަފުތަރަކީ 01 ޖަނަވަރީ 2020 ން ފެށިގެން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް އެކުލަވާލެވޭ ދަފުތަރެކެވެ. މިދަފުތަރު ދެމިއޮންނާނީވެސް 31 ޑިސެމްބަރ 2020 ގެ ނިޔަލަށެވެ.  

 

މަޤާމު:

މަސައްކަތު

މުސާރަ:

މަސައްކަތް ކުރާ ގަޑިއަކަށް -/45 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ މިސްކިތްތައް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓް ހޭދަ ކުރުމާއި އޭގެ އިތުރުން ގޯތިތެރާއި ގޯތީގެ ބޭރު މަގު ކުނިކަހައި ސާފު ކުރުމަށް ދުވާލަކު 2 ގަޑި 30 މިނިޓް ހޭދަކުރުން
  2. ކޮންމެ ނަމާދަކަށް މިސްކިތުގެ އެތެރެ ފޮޅައި ސާފުކޮށް މޮޕް އަޅައި މުސައްލަ އަޅައި ނަމާދަށް މިސްކިތް ތައްޔާރު ކުރުން
  3. މިސްކިތުގެ ބޭރު ދުވާރުތަކާއި ފާޚާނާތަކާއި އިސްކުރުބަރިއާއި ކާނުތައް ކޮންމެ ނަމާދު ވަގުތަކަށް ދޮވެ ސާފުކުރުމާއި އަބަދުވެސް އެތަންތަން ސާފުތާހިރުކޮށް ބޭއްވުން
  4. މިސްކިތުގެ ގޯތީގެ އެތެރާއި ބޭރު ދުވާލަކު 1 ފަހަރު ކުނިކަހައި ސާފުކުރުން
  5. މިސްކިތުގެ އެތެރެއާއި ބޭރު ފާރުތަކާއި ސީލިންގ އާއި ތަނބުތަކާއި ދޮރުތަކާ ދޮރުފަތްތަކާއި، މެމްބަރާއި ފަންކާތަކާއި ބޮކިތަކާއި، ފާޚާނާއާއި އިސްކުރުބަރި ހިމެނޭ ޢިމާރާތުގެ ފާރުތަކާއި ސީލިންގއާއި ބޮކިތައް ހަފްތާއަކު 1 ފަހަރު ފޮޅައި ފެންފޮތިލައި ސާފުކުރުން
  6. މިސްކިތު ގޯތީގެ މަގުފާރުގެ ދެފަރާތާއި އިންފާރު މަހަކު 1 ފަހަރު ދޮވެ ސާފުކޮށް ބެލެހެއްޓުން
  7. މިސްކިތުގެ ގޯތީގައި ބަގީޗާ ގަހާއި ވިނަ އިންދައި ދުވާލަކު 1 ފަހަރު ފެންދީ ހެއްދުމާއި ގަސްތައް ރީތި ގޮތްގޮތަށް ކޮށައި ރުއްތައް ސާފުކޮށް ބެލެހެއްޓުން
  8. މިސްކިތުގެ އެސެޓްސްތައް ހަފްތާއަކު 1 ފަހަރު ފޮޅާ ފެންފޮތިލައި ފުހެ ސާފު ތާހިރުކޮށް ބެލެހެއްޓުން
  9. ފުރާޅާއި ދިޔަދޮވިތައް ސާފުކުރުމާއި، މަހަކު 1 ފަހަރު ވަޅު ދިޔަހިއްކައި، ދާނިތަކަށް ދަނޑިލައްވައި ބެލެހެއްޓުން
  10. މިސްކިތާއި ބެހޭގޮތުން ކުރާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި މިސްކިތުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން

ފެންވަރު ނުވަތަ ޝަރުޠު: (ޝަރުޠު ފުރިހަމަ ވާމީހެއް ނަމަ)

1-      ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރުން

ނުވަތަ

2-      މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރުމާއެކު، ސިވިލް ސަރވިސްގެ އެސް. އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީރޭންކެއްގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން

ހުށަހަޅަންޖެހޭ ސުންގަޑި:

28 ނޮވެމްބަރ 2019 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރީން

ހުށަހަޅަންޖެހޭ ލިއުންތައް:

1-      މިކަމަށް އެދި ހުށަހަޅާ ސިޓީ

2-      އެދޭ ފަރާތުގެ އައިޑީ ކާޑްގެ ދެފުށުގެ ފޮޓޯ ކޮޕީ

3-      ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް ކޮށްފައިވާ ލިއުންތަކުގެ ކޮޕީ

4-      ލިބިފައިވާ ތަޖްރިބާގެ ލިއުންތަކުގެ ކޮޕީ

                         21 ރަވީޢުލްއައްވަލް   1441

                         18   ނޮވެމްބަރ   2019

18 ނޮވެންބަރު 2019