ދިވެހިރާއްޖެ
މަޤާމް: ގްރެފިކް ޑިޒައިނަރ
ޑިޕާޓްމަންޓް: ކަސްޓަމަރ ސަރވިސް ސެންޓަރ
ތަޢުލީމާ ތަޖުރިބާ:
1- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
2- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް7 ނުވަތަ 8ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
3- މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން
4- އެޑޯބް ކްރިއޭޓިވް، އެޑޯބް ޕްރިމިއަރ، ފޮޓޯ ޝޮޕް، އިލަސްޓްރޭޓަރ، އެޑޯބް އިންޑިޒައިން، އޮޓޯކެޑް އަދި ކޮރެލް ޑްރޯވ ބޭނުންކުރަން އެނގުން
މިމަޤާމަށް މުވައްޒަފަކު ހަމަޖެއްސުމުގައި ތްރީޑީ މޮޑެލިންގ، ބޭސިކް ފޮޓޯގްރަފީ އަދި މައިކްރޮސޮފްޓް އޮފީސް ބޭނުން ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- އައު ޑިޒައިން ކޮންސެޕްޓް، ގްރެފިކްސް އަދި ލޭއައުޓްސް ހެދުމުގައި އުފެއްދުންތެރިކަމާއި އެކު މަސައްކަތްކުރުން
2- ޑްރާފްޓް ތައްޔާރު ކުރުމަށްފަހު ހުށައެޅުން
3- އިޝްތިހާރުތަށް ޑިޒައިން ކުރުން
4- ޕީ އާރް އާއި ގުޅުން ހުރި ޑިޒައިން މަސައްކަތްތަކުގައި އެހީވެދިނުން
5- އިވެންޓް ތަކުގައާއި ފޮޓޯޝޫޓްތަކުގައި ބައިވެރިވެ، މަސައްކަތްކުރުން
6- ގްރެފިކް ޑިޒައިންގެ ސޮފްޓްވެއާތަށް ބޭނުންކޮށްގެން މީޑިއާގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުން
7- މަސައްކަތްތަށް ނިންމުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތްތަށް ނިންމުން
މުސާރައާއި އިނާޔަތް :
މުސާރަ: 7035.00 ރުފިޔާ
ސަރވިސް އެލަވަންސް: 2000.00 ރުފިޔާ
ރިސްކް އެލަވަންސް: 75.00 ރުފިޔާ (މަސައްކަތް ކުރާ ދުވަހަކަށް)
އެޓެންޑެންސް އެލަވަންސް: 106.00 ރުފިޔާ (މަސައްކަތްކުރާ ރަސްމީ ދުވަސްތަކަށް)
ކުރިމަތިލުމުގެ ސުންގަޑި: 26 ނޮވެމްބަރ 2019 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު.
- ސީވީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
- އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ޕޮލިސް ރިޕޯޓް
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
މިމަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވުމަށްފަހު މަސައްކަތު 1 ހަފްތާގެ ތެރޭގައެވެ. އެއްވެސް ސަބަބަކާ ހުރެ، އެމުއްދަތުގައި އިންޓަވިއު ނުބޭއްވޭނަމަ، ވަޒީފާއަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަށް އެކަން އެންގޭނެއެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ، 3350118 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.