ކުއްޔަށް ދިނުން
ނަންބަރު: (IUL)330-B/330/2019/45
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 21 ނޮވެންބަރު 2019 10:30
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކި ބާވަތުގެ މަސައްކަތް ކުރުމަށް ކާށިދޫން ބިންތަކެއް ކުއްޔަށް ދޫކުރުން

އެކި ބާވަތްތަކުގެ ކުދި ވިޔަފާރި އަދި ސިނާޢީ މަސައްކަތް ކުރުމަށްޓަކައި، ކ. ކާށިދޫގެ 5 ސަރަޙައްދަކުން 1000 އަކަފޫޓާއި 3000 އަކަފޫޓާ ދެމެދުގެ 26 ބިން 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، މިބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިންތައް ފެންނާނެ ޗާޓާއި ބިންތަކުގެ ބޮޑުމިނާއި ކޮންމެ ބިމެއްގައި ކުރުމަށް ހުއްދަދެވޭ މަސައްކަތް އެނގޭނެ، ބިންތަކުގެ ލިސްޓް މި އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.

         ބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން މިއިދާރާއިން ވިއްކާ ބިޑް ޑޮކިއުމަންޓް ބައްލަވައިގެން، ޑޮކިއުމަންޓްގައި ހިމެނޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު 21 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ބިޑް ފޯމު ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓެއްގެ އަގަކީ -/100 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބެން ހުންނާނީ 18 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުން ފެށިގެން 20 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 13:30 މި އިދާރާއިންނެވެ. އެއްބިމަށްވުރެ ގިނަ ބިމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެގޮތަށް ވެސް ބިޑް ހުށަހެޅިދާނެއެވެ. އަދި ބިޑް ފޯމުގެ ވެރިފަރާތުން ބޭނުންނަމަ ފޯމު ހުށަހެޅުމަށް ބަދަލުގައި ވެސް މީހަކު ފޮނުއްވިދާނެއެވެ. ކޮންމެ ފޯމަކުން ވެސް ކުއްޔަށް ހިފަން އެދެވޭނީ 1 (އެކެއް) ބިމެވެ.

             ބިޑް ހުޅުވުން އޮންނާނީ ބިޑް ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގައި، ބިޑް ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު ބިޑް ހުށަނޭޅިކަމުގައި ވިޔަސް ބިޑް ޑޮކިއުމަންޓް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.

            ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ނޮވެންބަރު 2019