ޢާންމު މަޢުލޫމާތު
ނަންބަރު: GS-199/IUL- 2019/25
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 24 ނޮވެންބަރު 2019 10:00
ދާންދޫ ސްކޫލް
ދިވެހިރާއްޖެ
2020 ވަނަ އަހަރު ގެ ކިޔެވުން ފެށެންވާއިރަށް ކުރަންހުރި މަރާމާތުތައް ކުރުމާއި ގުޅޭ

`

 

 

ދާންދޫ ސްކޫލް

ގއ.ދާންދޫ، ދިވެހިރާއްޖޭ

            

                                                        ނަންބަރު:GS-199/IUL-2019/25   

 

 

2020 ވަނަ އަހަރު ގެ ކިޔެވުން ފެށެންވާއިރަށް ކުރަންހުރި މަރާމާތުތައް ކުރުމާއި ގުޅޭ

2020 ވަނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް މިސްކޫލްގައި ކުރަންހުރި މަރާމާތުތަށް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

            ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

       ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގައެވެ.

       މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި ތިރީގައި މިވަނީއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ބިޑް ހުށަހެޅުމުގެ ބައްދަލުވުން

24 ނޮވެމްބަރ 2019 ވާ އާދީއްތަ ދުވަހު 10:00

01 ޑިސެމްބަރ 2019 ވާ އާދީއްތަ ދުވަހު 10:00

       މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ދުރުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

       މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި، ދެންވިފައިވާ ގަޑީގެ ކުރިންނާއި ފަހުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

17  ނޮވެމްބަރ 2019

20 ރަބީޢުލްއައްވަލް 1441

 

                                = އިދާރާ =

17 ނޮވެންބަރު 2019