ޢާންމު މަޢުލޫމާތު
ނަންބަރު: GS110/IUL/2019/44
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 26 ނޮވެންބަރު 2019 11:30
ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބެލެހެއްޓުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ށ. ގޮއިދޫ ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން

1 އަހަރު ދުވަހުގެ މުއްދަތަށް (2020 ޖެނުއަރީ 1 ން ފެށިގެން 2020 ޑިސެމްބަރ 31) ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހަވީރު 6:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 7:00 އަށް (ޖުމްލަ 13 ގަޑިއިރު) އަދި ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

އަދި މިކަމަށް އެދި ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/18)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ސާފުކުރުން

2019 ނޮވެމްބަރ 26 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައި.

ބީލަން ހުށަހަޅުން / ބީލަން ހުޅުވުން

2019 ޑިސެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި.

 

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިސްކޫލަށް ދުރުވެ ކަނޑައެޅިފައި އެވާ ތާރީޚަށް މަޢުލޫމާތު ސާފުކުރުމަށްފަހު ބީލަން ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތުގެ ބީލަން ފޮތް މިސްކޫލުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540582 ނަންބަރު ފޯނާއެވެ . 

 

17 ނޮވެމްބަރ 2019

17 ނޮވެންބަރު 2019