ކުއްޔަށް ހިފުން
ނަންބަރު: GS76/IUL /2019/30
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 28 ނޮވެންބަރު 2019 13:00
ބާރަށު ސްކޫލް، ހއ. ބާރަށް
ދިވެހިރާއްޖެ
2020 ވަނަ އަހަރު މިސުކޫލުގެ އިސްވެރިޔާ ހުންނަވާނެ އެޕާރޓްމަންޓެއް ކުއްޔަށްހިފަން ބޭނުންވެއްޖެ

މިސުކޫލުގެ  އިސްވެރިޔާ ހުންނެވުމަށް 2 (ދެއެއް) ކޮޓަރީގެ އެޕާރޓްމަންޓެއް (ވަކިންހުރި އެހެންބަޔަކު ނޫޅޭ ކަރަންޓު ވަކިކޮށްފައިވާ) ކުއްޔަށް ހިފަންބޭނުންވެއްޖެއެވެ. ވީމާ އެޕާރޓްމަންޓް ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 25 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އަށް މި ސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް މިސުކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

                މަޢުލޫމާތު ސާފްކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި 6500527 ނަންބަރު ފޯނާއެވެ.

 

                    މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ނޮވެންބަރު 2019