ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2019/55(IUL)
އިޢުލާން
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
1 އަހަރު ދުވަހުގެ މުއްދަތަށް، މި އިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2019 ނޮވެމްބަރ 25 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2019 ޑިސެމްބަރ 03 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.