ދިވެހިރާއްޖެ
މި އިޢުލާންވަނީ 25 ނޮވެންބަރު 2019 08:23 ގައި ބާތިލް ކުރެވިފައެވެ.
ފުނަދޫ ސްކޫލް
ށ.ފުނަދޫ
ދިވެހިރާއްޖެ.
ނަންބަރު: (IUL)GS-59-AD/INDIV/2019/54
އިޢުލާން
އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާބެހޭ
2020ވަނައަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ކުއްޔަށް ދޫކުރުމަށް ހުށަހަޅާ ގޭގައި މަދުވެގެން 2 ކޮޓަރި ސިޓީންރޫމް ކާގެ، ބަދިގެ، ލޯންޑްރީ ބައި، އަދި ގޯތިތެރޭ ހުސްޖާގަ އޮންނަންވާނެ ވާނެއެވެ.
ވީމާ، ގެ ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެމްބަރ 21ވަނަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ނޮވެމްބަރ 28 ވަނަ ދުވަހުގެ 14:00 އަށް ގެ ކުއްޔަށް ދޫކުރެވޭނެ އަގާއި ގޭގެ ފްލޯޕްލޭން އަދި އިންވެންޓްރީ ލިސްޓާއެކު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ، މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 6540540 އަށް ގުޅުއްވުން އެދެމެވެ.
1441 ރަބީޢުލްއައްވަލު 20
17 ނޮވެމްބަރ 2019