ދިވެހިރާއްޖެ
މަގުބައްތީގެ ލައިޓު ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދުން |
ނ. ކުޑަފަރީގައި މީހުން އާބާދުވެފައިވާ ސަރަޙައްދުތަކާއި، އަލަށް އާބާދުވަމުންދާ ސަރަޙައްދުތަކާއި، އިޖުތިމާޢީ ސަރަޙައްދުތަކުގެ މަގުތަކާއި، ގޯޅިތައް އަލިކުރުމުގެ ގޮތުން މަގުބައްތި ޖެހުމަށް ހިންގާ މަޝްރޫޢަށް ބޭނުންވާ ލައިޓު ސަޕްލައިކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމައި، މި އިދާރާއިން ދޭ މޮޑެލެއްގެ 165 (އެއް ސަތޭކަ ފަންސަހައްޓި) ލައިޓު ސަޕްލައިކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ކަމުގެ ފުރުޞަތު ހުޅުވައިލަމެވެ.
މަސައްކަތާ ގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާ އެއްގޮތަށް މި އިދާރާ ގައި ކުރިއަށް ދާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
21 ނޮވެމްބަރު 2019 (ބުރާސްފަތި) |
މެންދުރުފަހު 1:00 |
ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުން |
26 ނޮވެމްބަރު 2019 (އަންގާރަ) |
މެންދުރުފަހު 1:00 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، ބީލަން ހުށަހެޅުއްމުގެ ބައްދަލުވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ ސިޓީއަކާ އެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިއެއްނުލައްވާނެއެވެ.
20 ރަބީޢުލްއައްވަލް 1441ހ.
17 ނޮވެންބަރު 2019މ.
|
ޙަސަން މުޙައްމަދު ކައުންސިލްގެ ރައީސް |