ކުއްޔަށް ދިނުން
ނަންބަރު: (IUL)356/356/2019/37
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 17:58
ސުންގަޑި: 25 ނޮވެންބަރު 2019 13:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާޢީ މަސައްކަތް ކުރުމަށް ބިޑު އުޞޫލުން ބިން ދޫކުރުން

ސިނާޢީ މަސައްކަތް ކުރުމަށް ( އޮޑިދޯނި ފަހަރު ބަނުމާއި ފައިބަރު މަސައްކަތް ކުރުމަށް ) ބިޑު އުޞޫލުން 10000.00 އަކަފޫޓްގެ 03 ބިން ދޫކުރަންވަނީ ހަމަޖެހިފައެވެ.                       ބިޑުފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ  2019 ނޮވެމްބަރ 17 ވަނަ ދުވަހުން ފެށިގެން  2019 ނޮވެމްބަރ  21 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 12:30 އަށް އަރި އަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާއިންނެވެ. ކޮންމެ ބިމަކަށް ހުށަހަޅަން ޖެހޭނީ ވަކި ބިޑު ފޮތެކެވެ. ބިޑު ފޮތެއްގެ އަގަކީ -/500 ރ ( ފަސް ސަތޭކަ ރުފިޔާ ) އެވެ.                            ބިޑު ފޮތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2019 ނޮވެމްބަރ 25 ވާ ހޯމަ ދުވަހުގެ 13:00 ގައި އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި މިކަމަށް ޚާއްޞަކޮށްގެން ބާއްވާ ބައްދަލުވުމުގައެވެ.                                                                މިހެންވެމިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.     

14 ނޮވެންބަރު 2019