ދިވެހިރާއްޖެ
ނަންބަރ: IUL)MMPRC-PRO/1/2019/87)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މި ކޯޕަރޭޝަންގެ އިންޓީރިއަރ ޑިޒައިންނަށް ބޭނުންވާ ސްޓިކަރ ޕްރިންޓްކޮށް އަދި ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)MMPRC-PRO/1/2019/84 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވެފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެމްބަރ 18ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް، ހ. ޒޮނޭރިޔާގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ނޮވެމްބަރ 21ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
17 ރަބީޢުލް އައްވަލް 1441ހ.
14 ނޮވެމްބަރ 2019މ.