ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: GMIZL/IUL/PROC/2019/029
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ކ.ތިލަފުށީގައި، ކެފޭއެއް ތަރައްޤީކޮށް ހިންގާދޭނެ އަދި ޓަކް ޝޮޕެއް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ހުޅުވާލި ފުރުޞަތުގައި އެކަށީގެންވާ ތަރުޙީބް ލިބިފައި ނުވާތީވެ އިޢުލާން ނަންބަރު GMIZL/IUL/PROC/2019/024 ބާޠިލުކޮށް އަލުން ކ.ތިލަފުށީގައި ކެފޭއެއް ތަރައްޤީކޮށް ހިންގާދޭނެ އަދި ޓަކް ޝޮޕެއް ހިންގައިދޭން ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވަމެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން |
ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ |
- |
17 ނޮވެމްބަރ 2019 އިން 20 ނޮވެމްބަރ 2019 އަށް |
08:30 އިން 13:00 އަށް |
މަޢުލޫމާތު ކަރުދާސް ދޫކުރުން |
ބުރާސްފަތި |
21 ނޮވެމްބަރ 2019 |
13:30 އިން ފެށިގެން |
|
ޕްރީބިޑް މީޓިންގ |
އަންގާރަ |
26 ނޮވެމްބަރ 2019 |
11:00 ގައި |
|
ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން |
ހޯމަ |
02 ޑިސެމްބަރ 2019 |
10:30 ގައި |
- ބިޑް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 200.00 ރ. (ދުއިސައްތަ ރުފިޔާ) ގެ ނޮން ރިފަންޑަބަލް ފީއެއް ނެގޭނެއެވެ.
- އިޢުލާން ނަންބަރު GMIZL/IUL/PROC/2019/024 ގެ ދަށުން ރެޖިސްޓްރޭޝަން ފީ ދެއްކެވި ފަރާތްތަކުން މި ބީލަމުގައި ބައިވެރިވުމަށް އަލުން ރަޖިސްޓްރޭޝަން ފީ ދައްކާކަށް ޖެހިވަޑައެއްނުގަންނަވާނެއެވެ.
- ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 120 (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
- ބިޑް ސެކިއުރިޓީގެ ގޮތުގައި 30،000.00ރ (ތިރީސް ހާސް ރުފިޔާ) ގެ ޑިޕޮސިޓެއް ބަހައްޓަންވާނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތު ބިޑް ވެލިޑިޓީ މުއްދަތަށްވުރެ 30 (ތިރީސް ދުވަސް) އިތުރު ވާންވާނެއެވެ.
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކުންފުނީގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ސެކްޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
14 ނޮވެމްބަރ 2019
17 ރަބީޢުލްއައްވަލް 1441
ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި Fen Building/ 4th floor
އަމީނީމަގު، މާލެ، ދިވެހިރާއްޖެ Ameenee Magu, Male’, Republic of Maldives
ފޯން: 3307513،3307515 ފެކްސް: 3307514 Tel: 3307513, 3307515 Fax: 3307514