ނީލަން
ނަންބަރު: (IUL)237-C/237/2019/17
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 28 ނޮވެންބަރު 2019 11:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިއަތޮޅު ސްޓޭޓްހައުސްގޯތީގެ ދެކުނުކޮޅުގައި ޢިމާރާތްކުރަން ފަށާފައިވާ ގެސްޓްހައުސްގެ 01 ނަންބަރު ބްލޮކްގައިނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ މި މަސައްކަތްތައް ކޮށްދިނުމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް އެ ފުރުޞަޠު ހުޅުވައިލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. ބީލަމާއި ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2019 ނޮވެންބަރު24 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި އިދާރާގައެވެ. އަދި ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މިއިދާރާއަށް ގުޅުއްވައިގެން އެ މަޢުލޫމާތެއް ސާފުކުރެއްވޭނެއެވެ.

 

  1. މި ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހާއި ބީލަން ހުށަހަޅާފޯމް މިއިދާރާގެ ވެބްސައިޓުން(www.faafu.gov.mvޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

  1. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2019 ނޮވެންބަރު28ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރައިގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، ކޮން ކަމަކަށް ހުށަހެޅޭ ބީލަމެއްކަން ލިޔެފައި އޮންނަންވާނެއެވެ.

 

  1. ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ /ފ.ނިލަންދޫ، ދިވެހިރާއްޖެ.

 ފޯން: 6740017

އީމެއިލް: [email protected]

13 ނޮވެންބަރު 2019