ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2019/102
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 17 ނޮވެންބަރު 2019 15:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް މާރކެޓްއާއި ގުޅޭ ގޮތުން ބާއްވާ ބައްދަލުވުން

        މާލޭ ލޯކަލް މާރުކޭޓު ދިވެހިން ބޭނުންކޮށްގެން ހިންގަން ޝައުޤުވެރިކަން ހުރި ފަރާތްތަކާއި މާލޭ ސިޓީގެ މޭޔަރ ބައްދަލުކޮށްލަން ބޭނުންވެއެވެ. މި ބައްދަލުވުން އޮންނާނީ 17 ނޮވެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 16:00 ގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާ (މާފަންނު / ކަނބައި އައިސާރަނި ހިނގުން) ގައެވެ.

        ވީމާ، މި ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވަމެވެ.

14 ނޮވެންބަރު 2019