ވަޒީފާގެ ފުރުޞަތު
ނަންބަރު: 407/407/2019/4
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 25 ނޮވެންބަރު 2019 13:30
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ - ވަޒީފާގެ ފުރުޞަތު

 

މަޤާމް:ޕްލޭނިންގ އޮފިސަރ

 

މަޤާމުގެ ނަންބަރު: J-310601

 

ބޭނުންވާ އަދަދު: 1

 

މަޤާމުގެ ގިންތި:  ދާއިމީ

 

މަޤާމުގެ ރޭންކް: އެމް އެސް 2

 

މަޤާމުގެ ކްލެސިފިކޭޝަން:  ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

ވަޒީފާ އަދާކުރަން ޖެހޭ ތަން: ގއ. ވިލިނގިލީ ކައުންސިލް އިދާރާ

 

މުސާރަ:  6295.00

 

ސަރވިސް އެލެވަންސް: 2000.00

 

އެހެނިހެން އެލަވަންސް:ސަޕޯޓިންކޯ އެލަވަންސް 700.00 ( ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރި ބިއުޝަން ) ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ އެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 

1- އަމަލު ކުރަމުންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 މަސް ދުވަސްކުރިން ރަށުގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށް ކުރިޔަށް އޮތް 5 އަހަރު ދުވަހަށް ތަރައްޤީގެ ޕްލޭން ތައްޔާރުކުރުން.

 

2 ތަރައްޤީގެ ޕްލޭންއަށް ރިޢާޔަތްކޮށް 5 އަހަރު ދުވަހުގެ ފައިނޭންޝަލް ޕްލޭން ތައްޔާރުކޮށް ޤާނޫނުނަގައި ބަޔާންކޮށްފައިވާ ތާރީޚަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

 

3 ތަރައްޤީގެ ޕްލޭންގެ މުއްދަތު ދެބައިވުމުން އަދި ކައުންސިލުން ނިންމަވާ ގޮތުގެ މަތިން ޕްލޭން ރިވައިސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެކަމާއިބެހޭ މައުލޫމާއު ކަމާއި ގުޅުންހުރި ފަރާތްތަކާއި ހިއްސާ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން

 

4ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށް ކައުންސިލްގެ އަހަރީ މަސައްކަތު ތާވަލު ޑްރާފްޓްކޮށް ކައުންސިލަށް ހުށަހެޅުން އަދި ފާސްކުރެވޭ މަސައްކަތު ތާވަލް ކަމާއި ގުޅުންހުރި ޔުނިޓްތަކަށް މަޢުލޫމާތު ހިއްސާ ކުރުމާއިއެކު ޤާނޫނުގައި ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތު ތާވަލް ފޮނުވުން

 

5 ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭން އެކުލަވާ ލުމާއި،އެޕްލޭންތައް ރިވިއު  ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

 

6 ލޭންޑްޔޫސް ޕްލޭން އެކުލަވާލުމާއި އެ ޕްލޭން ރިވިއު ކުރުމާއި، ޕްލޭނަށް ކައުންސިލުން ގެންނަން ބޭނުންވާ ބަދަލު ގެނެސް ކަމާއިގުޅޭ ފަރާތްތަކަށް ފޮނުވާ ހޯދަންޖެހޭ ހުއްދަތައް ހޯދުން.

 

7ރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަށް ހިގާނުހިގާ ގޮތް ބަލައި ކައުންސިލަށް މައުލޫމާތު އެރުވުން.

 

8 އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި ކުލަބްޖަމިއްޔާތައް ރަޖިސްޓްރީ ކުރުމުގައި ކުރަންޖެހޭ ންމެހައި ކަންތައްތައް ކުރުން.

 

 

 

މަޤާމުގެ ޝަރުޠުތައް މަގާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީރޮނގަކުންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

މިޑްލް މެނޭޖްމަންޓް ސަރވިސް (އެމް.އެސް 3)

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިފާ  ތަޢުލީމު

80

35

 

  40

މަސއްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިސް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

 

12

 

5

 

 

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް

100

40

40

ޖުމްލަ

245

100

100

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25ނޮވެމްބަރ 2019 ގެ 13.30ގެ ކުރިން، ގއ. ވިލިނގިލީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރަޒެންޓޭޝަން ހުށަހެޅުން އޮންނާނީ، 26 ނޮވެމްބަރ 2019 އާއި 05 ޑިސެމްބަރ 2019 އާ ދެމެދު،  ގއ. ވިލިނގިލީ ކައުންސިލް އިދާރާ ގައެވެ. މިތާރީޚްގައި އިންޓަވިއު ނުބޭއްވިއްޖެނަމަ އިންޓަވިއު އޮންނާނެ ތާރީޚެއް މި އިދާރާއިން އަންގާނެވާހަކަވެސް ދެންނެވިން.

 

 

 

 

ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (ފޯނު ނަންބަރު6820027 ) އަށެވެ.އީ-މެއިލް ކުރާނީ      [email protected] އަށެވެ.

 

     

 

17 ރަބީއުލްއޫލަރ 1441

14 ނޮވެމްބަރ   2019

14 ނޮވެންބަރު 2019