މަސައްކަތް
ނަންބަރު: (IUL)GS08/2019/40
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 24 ނޮވެންބަރު 2019 11:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުން

  1. މިމަރުކަޒުގެ ސެކިއުރިޓީ 01 ޖެނުއަރީ 2020 އިން ފެށިގެން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  2. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  އޮންނާނީ 2019 ނޮވެމްބަރ 24 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

  3. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

  4. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.

  5. ބިޑް ހުޅުވުން އޮންނާނީ 2019 ނޮވެމްބަރ 27 ވާ ބުދަ ދުވަހުގެ 11:00 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ލިބިލައްވާނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ހއ. އަތޮޅު ތަޢުލީމީ މަރުކަޒު

  ޝާރިޢުލްއމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.

  ފޯން:  6500014, 6500076

  އީ-މެއިލް: [email protected],mv

 ކޮޕީ އީ-މެއިލް: [email protected]

13 ނޮވެންބަރު 2019