މަސައްކަތް
ނަންބަރު: GS71-D/IUL/2019/18
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި:
03 ޖަނަވަރީ 2020 13:00
މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2020 ވަނައަހަރު ފ.މަގޫދޫ ސްކޫލްގެ ސެކިޔުރިޓީ އައުޓްސޯސް ކުރުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- 01 ޖަނަވަރީ 2020 އިން ފެށިގެން 31 ޑިސެމްބަރ 2020ގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައި ވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެމްބަރު 14 އިން 2019 ނޮވެމްބަރު 18 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެމްބަރު 19 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ނޮވެމްބަރު 24 ވާ އާދިއްތަ ދުވަހުގެ 11:30 ގައި ފ.މަގޫދޫ ސްކޫލްގެ އޮފީހުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 03 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފ.މަގޫދޫ ސްކޫލް އޮފީހުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އިދާރީ ސެކްޝަން
ފ.މަގޫދޫ ސްކޫލް
ސޯސަންމަގު، މަގޫދޫ، ދިވެހިރާއްޖެ.
ފޯން: 7952912
އީ-މެއިލް: [email protected]
13 ނޮވެންބަރު 2019